Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު ސިޔާސީ

އެމްޑީޕީގައި ވެރިކަން ކުރެވޭ ފެންވަރުގެ ލީޑަރަކު ނެތް: މަލީހް

އެމްޑީޕީގައި ވެރިކަން ކުރެވޭ ފެންވަރުގެ ލީޑަރަކު ނެތްކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިފަދައިން ވިދާޅުވެފައިވަނީ، މި ސަރުކާރުން އެންމެ ފުރަތަމަ އަހަރު، ހައުސިން މިނިސްޓްރީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އާ ހަވާލުކުރުމަކީ ދަންތުރައެއްގެ ގޮތުގައި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރެއްވި ވާހަކައަށް ރައްދުދެއްވައެވެ.

މަލީހް ކުރި ޓްވީޓްގައި ބުނެފައިވަނީ ކޯލިޝަން ލީޑަރުންނަށް ހެދުނު އެންމެ ބޮޑު ގޯހަކީ 2018 ވަނަ އަހަރުގެ ރިޔާސީ ކެނޑިޑެސީ އެމްޑީޕީއަށް ދޫކޮށްލުން ކަމަށެވެ.

މަލީހް ވިދާޅުވީ އެމްޑީޕީގައި ވެރިކަން ކުރުމުގެ ފަންނުވެރިކަން އަދި އަށަނުގަންނަ ކަމަށާއި ވެރިކަން ކުރެވޭ ފެންވަރުގެ ލީޑަރަކު ނެތްކަމަށެވެ.

"ތައުލީމީ އެފެންވަރު ހުރި ބޭފުޅަކުވެސް ކުރީ ސަފުން ނުފެނޭ. ޤައުމު މިއޮތީ ފުލްސްޓޮޕެއްގައި." މަލީހްގެ ޓްވީޓްގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމަށް ފާސްކޮށް މަގާމުން ދުރުކުރި ފަހުން މަލީހް އަންނަނި ސަރުކާރަށް އަދި މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި މަލީހް ވަނީ އިދިކޮޅުގެ ކެމްޕޭނެއްގައިވެސް ބައިވެރިވެ ޖޭޕީއާވެސް ދުރަށްވަޑައިގެންފައިވާކަން ހާމަކުރައްވާފައެވެ.