Last Updated: June 30, 14:08
Tuesday, June 30, 2026
ޚަބަރު

ޖާނަލިޒަމް ކޯހަކަށް އަޒާން ލަންކާ އަށް

އަޒާން އައްޑޫގެ މޭޔާރ ސޯބެ އާއި އެކު.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރާއްޖޭގެ 12 ނޫސްވެރިއަކަށް ހޯދައި ދިން އިންވެސްޓިގޭޓިވް ޖާނަލިޒަމް އާ ބެހޭ ތަމްރީން ޕްރޮގްރާމްގައި "އައްޑޫ ލައިވް"ގެ ނޫސްވެރިއަކު ސްރީ ލަންކާ އަށް ފުރައިފި އެވެ.

"ތޮމްސަން ފައުންޑޭޝަނާއި" ލަންކާގެ "ސްރީލަންކާގެ ކޮލެޖު އޮފް ޖާނަލިޒަމް" ގުޅިގެން، ޕްރިންޓް، އޮންލައިން ޓީވީ، އަދި ރޭޑިއޯގެ މަސައްކަތް ކުރާ ނޫސްވެރިނަށް ޑިޒައިންކޮށް ވަކިވަކިން ލަންކާގައި ކުރިއަށް ގެންދާ ޓްރެއިނިންގައި ބައިވެރިވުމަށް ލިބުނު ފުރުސަތުގައި "އައްޑޫ ލައިވް" އިން ބައިވެރިވަނީ މި ނޫހުގެ ޒުވާން ރިޕޯޓަރު އަހުމަދު އަޒާން މަރުުޒޫޤުއެވެ.

މި ޓްރެއިނިން ތައް ވަނީ މި މަހުގެ 17- 25 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.

އެމްޖޭއޭގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ 12 ނޫސްވެރިއަކު ތަހުގީގީ ނޫސްވެރިކަމުގެ ތަމްރީނު ހޯދާނެ ކަމަށެވެ.

މިވޯކްޝޮޕްގައި ބައިވެރުވުމަށް ސްރީލަންކާ އަށްދާ ނޫސްވެރިންގެ ދެކޮޅު ޓިކެޓާއި ހުރުމުގެ ހަރަދުގެ އިތުރަށް ޕާޑިއަމް ހަމަޖައްސައި ދެނީ ވޯކްޝޮޕް އިންތިޒާމު ކުރާ ފަރާތުންނެވެ.

އެމްޖޭއޭ އިން އަންނަނީ ރާއްޖޭގެ ނޫސްވެރިން އިތުރަށް ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެހެންކަމުން އެމްޖޭއޭ އިން ކުރަމުންގެންދާ މަސައްކަތަށް "އައްޑޫ ލައިވް" އިން މަރުހަބާ ކިޔަމެވެ.