ކ. ތިލަފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެމްއެންޑީއެފް ފަޔާ ޓީމުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑިއެފުން ބުނެފައިވަނީ ތިލަފުށީ އެމްޓީސީސީ ބޯޓްޔާޑުގައި އޮތް ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ. އެކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މެންދުރު 14:07 ހާއިރު ކަމަށެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ އެ އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް ތިލަފުށި ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.