Last Updated: April 23, 12:01
Tuesday, April 23, 2024
ޚަބަރު ޑރ. މުއިއްޒު

މުއިއްޒު މިއަދުވެސް އޭސީސީއަށް ހާޒިރު ކުރަނީ

ޑރ. މުހައްމަދު މުއިއްޒު-- ފޮޓޯ: ޕީޕީއެމް

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭ ސިޓީ މޭޔަރުކަމަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒުއަށް މިއަދުވެސް އޭސީސީއަށް ހާޒިރުވުމަށް އަންގައިފިއެވެ.

ޕީޕީއެމްއިން ބުނެފައިވަނީ މުއިއްޒުއަށް އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވަނީ މިއަދު ހަވީރު 04:00 އަށް ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހުވެސް މުއިއްޒު ވަނީ އޭސީސީއަށް ހާޒިރުކޮށްފައެވެ. އެކަމާއި ގުޅިގެން މުއިއްޒު ވިދާޅުވީ އެއީ ސިޔާސީގޮތުން ކުރަމުން އަންނަކަމެއްކަމަށެވެ.

މުއިއްޒުގެ މިވާހަކައަށް އޭސީސީން އިއްޔަ ރައްދު ދީފައިވާއިރު ބުނެފައިވަނީ، އެ ކޮމިޝަނުން ހިންގާ ތަހުގީގުތަކަށް މީހުން ހާޒިރުކުރުމަކީ ސިޔާސީ ގޮތުން ނުވަތަ އިންތިހާބަކަށް ބަލައިގެން ކުރާކަމެއް ނޫންކަމަށެވެ.

މާލޭ މޭޔަރުކަމަށް ވާދަކުރައްވާ މުއިއްޒުގެ މައްޗަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދޮގު ބަޔާން ދިނުމުގެ ދައުވާ ވެސް އުފުލާފައެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ އެ ދައުވާ މުއިއްޒުގެ މައްޗަށް އުފުލާފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަން އޭޖީ ނަމަކަށް ކިޔާ ކުންފުންޏަކުން (ނޫމަޑި) އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ ދޮގު ބަޔާން ދޮގު ބަޔާނެއް ދެއްވާފައިވާތީ ކަމަށެވެ.