ހިޔާ މަޝްރޫއުގެ ސިފައިންގެ ކެޓަގަރީ އުވާލަން އުޅޭވާހަކައަކީ ދޮގެއްކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ ހިޔާ މަޝްރޫޢުއިން ފުލުހުންނާއި ސިފައިންނަށް ފުލެޓު ލިބުނު ކެޓަގަރީ އުވާލަން މަސައްކަތްކުރާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް ބުނެފައިވަނީ ހިޔާ ފްލެޓްގެ ކަންކަމުގައި މަސައްކަތްކުރުމަސް އުފުއްދާފައިވާ އާންމުންގެ އެކުވެރި ގުޅުން ޖަމުއިއްޔާގެ ފަރާތުންނެވެ.
އެކަމާއި ގުޅިގެން މިނިސްޓަރު މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެވާހަކަތަކަކީ "ކަނޑައެޅިގެން ރޯ ބުހުތާން ދޮގެއް" ކަމަށެވެ.
އަދި ސިފައިންނަށް ލިބޭ 300 ފްލެޓްގެ ފޯމުތައް އެމްއެންޑީއެފުން ދިރާސާކޮށް އިންޓަވިއުކޮށްފައިވާކަން ވެސް ސިފައިންނަށް އެނގޭނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.
Hama kanda elhigen roa buhthan dhogu!!!!
Sifainnah kanda elhigen engeyne emeehunnah libey 300 flat ge form thah @MNDF_Official in dhiraasaa koh interviewves kohfikan. https://t.co/rlTul1EUQW
— Mariya Didi 🎈 (@MariyaDidi) March 25, 2021
ސިފައިންނާއި ފުލުހުންގެ 14 ބުރީގެ ހަ ޓަވަރު ހުޅުމާލޭގައި އިމާރާތްކުރަމުން އެބަދެއެވެ.