Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މިހާރު ހައްޔަރުގައި ތިބީ ހަތަރު މީހުން: ޝިފާން

ބްރިޖް ސަރަހައްދަށް އެއްވެފައި ތިބި ބައެެއް މީހުން.

ރޭ ސ. ފޭދު އާއި މަރަދޫފޭދޫ ގުޅޭ ކޯޒުވޭ ބަންދުކޮށްގެން އެމްޑީޕީގެ ސަޕޯޓަރުންތަކެއް އިހުތިޖާޖު ކުރަމުން ދަނިކޮށް އެ ސަރަހައްދަށް ދިޔަ ފުލުހުންނާއި އެ މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ހަ މީހަކު ހައްޔަރު ކުރި ނަަމަވެސް، މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ހަތަރު މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ ދެކުނު ޑިވިޝަންގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އަހުމަދު ޝިފާން ވިދާޅުވީ އެ ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ވެސް ގެންދާނެ ކަމަށެވެ.

އެ ހަތަރު މީހުންނަކީ ރޭ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންނެވެ. ދޫކޮށްލި ދެ މީހުންނަކީ މަސްލަހަތަށްޓަަައި، އެ ވަގުތު ފުލުހުން ހައްޔަރު ކުރި ދެ މީހުން ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދެ މީހުން ދޫކޮށްލީ ވެސް ރޭ ކަމަށެވެ.

އެމްޑީޕީން މަގު ބަންދުކޮށްގެން އިހުތިޖާޖު ކުރުމުން ދަތުރުތަކަށް ބުރޫ އަރާތީ، ފުލުުހުން އެކަން ހައްލު ކުރަން ދިއުމުން ފުލުހުންނާ ދިމާއަށް ގަލާއި ފުޅި ފަދަ ތަކެތި އުކާފައިވެ އެވެ.