Last Updated: March 29, 06:12
Friday, March 29, 2024
ޚަބަރު ސިޔާސީ

ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ: ރައީސް ނަޝީދު

ރައީސް ނަޝީދު އަދި ރައީސް ސޯލިހް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނަން ނޭދޭނެ ކަމަށް އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގައި މަތިޖެހުނަ ދީފިނަމަ، ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑުކަމަށެވެ.

"ސަރުކާރު މިކަމުގައި (ވައްކަމުގައި) ބައިވެރިވެފައިވާތަން ފެންނާނީ. ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނާކަސް ނޭދޭނެ." ރައީސް ނަޝީދުގެ ޓްވީޓްގައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިކަން ބަދަލުކުރަން ޖެހޭކަމަށާއި، އަދި މިކަމުގައި ދޫނުދެއްވައި ރައްޔިތުންނާއި އެކުގައި ހުންނާނެކަމަށެވެ.

ވެންޓިލޭޓަރު މައްސަލައިގައި ދެވަނަ ފަހަރަށްވެސް ޕީޖީން ދައުވާ ނުކުރުމަށް ނިންމުމުން ރައީސް ނަޝީދާއި އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އަންނަނީ ޕީޖީ އާއި އެސީސީގެ ރައީސްގެ އިސްތިއުފާއަށް ގޮވާލައްވަމުންނެވެ. އެގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގްރޫޕަށް ރޭ ފޮނުއްވި މެސެޖެއްގަައި ރައީސް ނަޝީދު ވަނީ ޕީޖިއާއި އޭސީސީގެ ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓު ނެގުމަށް ގޮވާލައްވާފައެވެ.