Last Updated: July 1, 06:04
Wednesday, July 1, 2026
ޚަބަރު

އާ ޤާނޫނުގެ ދަށުން ފުލުހުން ހުވާކޮށްފި

މިއަދު އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުން މަޤާމުގެ ހުވާކޮށްފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު މުއުތަސިމު އަދުނާންއެވެ.

މިރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޒް އަހުމަދު މުއުތަސިމު އަދުނާންއެވެ.

މިރަސްމިއްޔާތުގައި ހުވާކުރެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު ވަނީ ހުވާގެ ލިޔުމުގައި ސޮއިކުރައްވާފައެވެ. މީގެއިތުރުން ހުވާކުރުމަށްފަހު ކޮމިޝަންޑް އޮފިސަރުންނާއި ފުލުހުންވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.
ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު މާލޭގެ އިތުރުން ފުލުހުންގެ ހިދުމަތް ގާއިމްކޮށްފައިވާ ހުރިހާ ރަށެއްގައި ވަނީ ބާއްވާފައެވެ.