Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

ސަރުކާރުން މިނިވަން މުއައްސަސާތަކަށް ބިރެއް ނުދައްކާ، ދެނީ އެއްބާރުލުން: ރޮޒައިނާ

މެމްބަރު ރޮޒައިނާ އާދަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުޒޫފުފޯރުވާކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައްދުދެއްވައިފިއެވެ.

ރޮޒައިނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުން މުއައްސަސާތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތުކުރާއިރު، މިސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވަން ކުރިކަމެއް ބުނެދީ ސާބިތުކޮށްދިނުން މުހިންމު ކަމަށެވެ.

"އަޅުގަނޑަށް ފެނުނުތާ ސަރުކާރުން އަބަދުވެސް މުއައްސަސާތަކަށް އެއްބާރުލުން އެބަދޭ. ބިރެއް ނުދައްކާ." ރޮޒައިނާގެ ޓްވީޓްގައިވެއެވެ.

ރޮޒައިނާ މިފަދައިން ޓްވީޓްކުރައްވާފައިވަނީ ވެންޓިލޭޓަރު ތަކުގެ މައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީ ދެވަނަ ފަހަރަށް ނިންމެވުމުން އެކަމުގެ ނުރުހުން ގިނަ ފަރާތްތަކަކުން ފާޅުކުރުމުން ސަރުކާރުން ރޭ ނެރުނު ނޫސްބަޔާނާ ހަވާލާ ދެއްވައެެވެ.