Last Updated: June 8, 14:27
Monday, June 8, 2026
މުނިފޫހިފިލުވުން

މަނީޝްގެ "މިކީ ވައިރަސް" ހުކުރު ދުވަހު

އިންޑިއާގެ ކޮމޭޑިއަން އަދި ޓީވީ ހޯސްޓް މަނީޝް ޕޯލްގެ ފުރަތަމަ ބޮލީވުޑް ފިލްްމް "މިކީ ވައިރަސް" އަންނަ ހުކުރު ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ސޯރަބް ވަރްމާ ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމްގައި މަނީޝް އާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ އެލީ އަވްރަމް އާއި ޕޫޖާ ގުޕްތާ އެވެ.

"މިކީ ވައިރަސް" އަށް މަނީޝް ވަނީ އޭނާގެ އަމިއްލަ އަޑުން ލަވައެއް ވެސް ކިޔައި ދީފަ އެވެ.

މި ފިލްމަށް ބެލުންތެރިން އަންނަނީ އިންތިޒާރު ކުރަމުންނެވެ.