Last Updated: May 19, 20:51
Monday, May 19, 2025
ޚަބަރު

ހިންނަވަރުން މަރުވި މީހާ ކޮވިޑަށް ޕޮޒިޓިވް!

ޅ. ހިންނަވަރުން އިއްޔެ ރޭ މަރުވި މީހާ ކޮވިޑު-19އަށް ޕޮޒިޓިވްވެެއްޖެއެވެ.

ނައިފަރު ހޮސްޕިޓަލުން ބުނީ ސްޓްރޯކެއް ޖެހިގެން ހިންނަވަރުން ގެނައި 63 އަހަރުގެ މީހާ އެ ހޮސްޕިޓަލަށް ގެނައި އިރު މަރުވެފައިވާ ކަމަށެވެ. އަދި އޭނާ ކޮވިޑަށް ޓެސްޓު ކުރި އިރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އެމީހާގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑުގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާ އުސޫލުންނެވެ.

ހިންނަވަރުން މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު ރޯގާގެ އަލާމާތް ހުރެގެން އެރަށުން ޓެސްޓު ކުރި ދެ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިއެވެ.