Last Updated: July 1, 04:05
Wednesday, July 1, 2026
ޚަބަރު

3 މީހުނާއެކު ދަތުރުކުރި ބޯޓެއް އަޑިއަަށް ގޮސްފި

ކަނޑުގަދަވެ ބޯޓެއް އަޑިއަށް ގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ ތިން މީހުންނާއެކު އެކު ދަތުރުކުރި ތެޔޮ އުފުލާ ބޯޓެއް ކަނޑު ގަދަވެ އަޑިއަށްދާ ކަމުގެ މައުލުމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުމުން ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

މި ބޯޓްގައި ތިބި މީހުން ސަފާރީއަކަށް ނަގާފައިވާކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް2 އާ ދިމާލުން ކަނޑުގެ ސަރަހައްދުންނެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ މޯސުން ގޯސްވެ ކަނޑުމަތީގެ ހާދިސާތައް ހިނގާކަމުގެ ރިޕޯޓް އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުން އަންނަކަމަށެވެ.