މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ދެމެދުގެ ސަރަހައްދަށެވެ.
އެސަރަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 14:00 އަށް ކަމަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް ވެސް މެޓް އޮފީހުން ބުނެފައިވެއެވެ.