Last Updated: July 1, 03:57
Tuesday, June 30, 2026
ޚަބަރު

އެސްޓީއޯއިން ރޯދައަށް ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފި

އެސްޓީއޯ އިން ފިޔާ ބަރުކުރަނީ: ފޮޓޯ - ޓައިމްސް

އެސްޓީއޯއިން ރޯދައަށް ފިޔާ ، އަލުވި އަދި ބިހުގެ ހާއްސަ ސްޓޮކެއް ރާއްޖެ ގެނެސް އޭގެ އަގު ހެޔޮ ކުރުމަށް ނިންމައިފިއެވެ.

އެސްޓީއޯއިން ބުނެފައިވަނީ ރޯދައާއި ދިމާކޮށް ގެނެސްފައިވާ ފިޔާ، އަލުވި އަދި ބިހުގެ ހާއްސަ ސްޓޮކް އަގު ހެޔޮކޮށް ވިއްކުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން ރޯދަ އަށް ގެނައި ބާވަތްތަކުގެ ތެރެއިން ފިޔާ ބަސްތާއެއް 200 ރުފިޔާ އަށް ވިއްކުމަށް ހަމަޖެހިފައިވާއިރު ފިޔާ ކިލޯއެއް 9.50 ރުފިޔާ އަށް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ. ބިސް ކޭހެއް 265 ރުފިޔާއަށް ވިއްކުމަށް ހަމަޖައްސާފައިވާއިރު ބިހެއް ވިއްކުމަށް ހަމަޖައްސާފައިވަނީ 1.40 ރުފިޔާ އަށެވެ. އަދި އަލުވި ބަސްތާ އެއް 185 ރުފިޔާ އަށް ވިއްކުމަށް ނިންމާފައިވާއިރު އަލުވި ކިލޯއެއް ނުވަ ރުފިޔާ އަށް ވިއްކުމަށް ނިންމާފައިވާ ކަމަށްވެސް މައުލޫމާތުދެ އެވެ.

އެސްޓީއޯއިން ބުނެފައިވަނީ މި ބާވަތްތައް ހޯލްސޭލްކޮށް އަދި ރީޓެއިލްގެ ގަންނަން ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށެވެ.