Last Updated: July 1, 03:57
Tuesday, June 30, 2026
ޚަބަރު

ބްރޮޑްކޮމްއަށް ތިން ނަމެއް، ދެވަނައިގައި ޝިފްލާ

ޝިފްލާ އިބްރާހިމް--

މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ބްރޮޑްކޮމްއަށް މެމްބަރަކު ނެގުމަށް ހުޅުވާލާފައިވަނީ އެ ކޮމިޝަންގެ މެމްބަރު އާމިނަތް ސަރާހަތްގެ މެމްބަރުކަމުގެ މުއްދަތު އޭޕްރިލް ހަތަރު ވަނަ ދުވަހަށް ހަމަވާތީއެވެ.

ބްރޮޑްކޮމްއަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވި ސިޓީގެ އެއްވަނައިގައި އޮތީ އަލްއުސްތާޛާ ފާތިމަތު ސައުސަންގެ ނަމެވެ. ދެވަނަައިގައި މައްޝޫރު ޓީވީ ޕްރެޒެންޓަރު ޝިފްލާ އިބްރާހިމްގެ ނަން އޮތް އިރު ތިން ވަނައިގައި އޮތީ ޑރ. މުހައްމަދު އިބްރާހިމްގެ ނަމެވެ.

މި ނަންނަތައް ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މީގެ ކުރިންވެސް ބްރޮޑްކޮމްއަށް ޝިފްލާގެ ނަން މަޖިލީހަށް ފޮނުވިއެވެ.

ބްރޯކޮމް އެކުލެވެނީ ހަތް މެމްބަރުންގެ މައްޗަށެވެ. ރައީސް ކަމުގައި ހުންނަވަނީ މަރިޔަމް ވަހީދާ އެވެ. އަދި ކޮމިޝަންގެ ނައިބު ރައީސަކީ އަހުމަދު ގައިސެވެ. ދެން އެ ކޮމިޝަންގައި ތިއްބެވީ އަލީ ޔޫސުފު، އައިމިނަތު އަމީނާގެ އިތުރުން އައިމިނަތު ސަހާރަތު އިއްޒަތާއި، އަމްޖަދު ވަހީދުގެ އިތުރުން މުހައްމަދު ފަޒީނެވެ.