Last Updated: July 1, 03:57
Tuesday, June 30, 2026
ޚަބަރު

މަރުވި ސިފައިންގެ މީހާ ކޮވިޑަށް ޕޮޒިޓިވް

ގެއްލިގެން ހޯދަމުން އަންނަ ހުސެއިން ފާރިޝް - ފޮޓޯ: އެމްއެންޑީއެފް

މޫދަށް އެރި އުޅެނިކޮށް ރޭ މަރުވި ސިފައިންގެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެެވެ.

ރޭ މަރުވި ލާންސް ކޯޕްރަލް ހުސައިން ފާރިޝް ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކައްދޫގައި މަސައްކަތް ކުރާ އިތުރު ސިފައިންތަކެއް ވެސް ކަރަންޓީން ކޮށްފައިވާކަމަށް މައުލޫމާތުލިބެއެވެ.

ލ.ކައްދޫގެ އިރުމަތީފަރާތު މޫދަށް ފޭބި ސިފައިންގެ ހަތަރު މީހުންގެ ތެރެއިން ފާރިޝް ގެއްލުނީ އޮއިގަނޑެއްގައި ޖެހިގެންނެވެ. އޭނާ ހޯދުމުގެ މަސައްކަތްކުރިއަށް ގެންދިޔައިރު އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 12 މީޓަރު އަޑިން ރޭ ނުވައެއް ޖަހަން އުޅެނިކޮށެވެ. އެ ހާދިސާގައި ސިފައިންގެ އިތުރު މީހަކަށް ގެނބިގެން ފަރުވާ ދޭން ވެސް ޖެހުނެވެ.