Last Updated: July 1, 03:57
Tuesday, June 30, 2026
ޚަބަރު

ޗައިނާއިން ހަދިޔާކުރި ވެކްސިންގެ 100،000 ޑޯޒް ގެނެސްފި

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 2 ލައްކަ ޑޯޒް ސިނޮފާމް ވެކްސިންގެ. ތެރެއިން ރާއްޖެ ނުގެނެސް ހުރި 100،000 ޑޯޒް ގެނެސްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ ސިނޮފާމް ވެކްސިންގެ ތެރެއިން ރާއްޖެ ނުގެނެސް ބާކީ ހުރި 100،000 ޑޯޒް ރޭ ގެނެސްފައިވާކަމަށެވެ. އަދި އޭގެއިތުރުންވެސް ޗައިނާއިން ހަދިޔާކުރި ސިއްހީ ބައެއް ސާމާނުތައް ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރާ 2 ލައްކަ ޑޯޒް ސިނޮފާމް ވެކްސިންގެ ފުރަތަމަ ބެޗް ރަސްމީކޮށް ދިވެހި ސަރުކަރާ ހަވާލުކޮށްފައިވަނީ މާޗް 25 ވަނަ ދުވަހުއެވެ.

ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ރާއްޖެއަށް ގެނެސްފައިވަނީ 100،000 ޑޮރަލަށް ފްލައިޓެއް ޗާޓަރު ކޮށްގެނެވެ. އަދި އެކަމަށް ރާއްޖޭގައި ހަރަކާތްތެރިވާ ޗައިނާގެ ބައެއް ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.