Last Updated: July 1, 03:57
Tuesday, June 30, 2026
ޚަބަރު

ވައިގަދަވާނެތީ އައްޑުއާ ފުވައްމުލަކަށް ވައިޓް އެލާޓް

މޫސުން ގޯސް ދުވަހެއް - ފޮޓޯ: މިހާރު

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނަށް ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ އައްޑޫސިޓީއާއި ފުވައްމުލަކު ސިޓީއަށް، ހެނދުނު 11:00 އިން ފެށިގެން ހަވީރު 16:00 އަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ރާއްޖޭގެ މޫސުން ކުރިއަށްއޮތް 12 ގަޑިއިރަށް ލަފާކުރާ ގޮތަސް ބަލާލާއިރު މެދު ރާއްޖޭ ތެރެއާ ދެކުނުގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެކަމަށް ލަފާކޮށްފައިވެއެވެ. އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މުސުން އާދައިގެ ވަރަކަށް ރަނގަޅުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.