މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހު ބޭނުންކުރެވޭނެގޮތެއް ހަދާނެ ކަމަށް އުރީދޫއިން ބުނެފިއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒު ވިދާޅުވީ ރައްޔިތުންގެ ޝަކުވާތައް އުރީދޫއިން އަބަދުވެސް އަހާނެ ކަމަށާއި، އެއްމަސް ނިމޭއިރު ހުންނަ ޑޭޓާ އަނެއް މަސް ފެށެންވާއިރަށް ކެނޑޭ މައްސަލަ އަކީ ހުރިހާ ކަސްޓަމަރުން ޝަކުވާ ކުރާ މައްސަލައެއް ކަމަށެވެ.
އެހެންކަމުން މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހު ބޭނުންކުރެވޭނެ ގޮތަށް ގެންދިއުމަކީ ބޮޑު ކަމެއް ކަމަށާއި، އެހެންނަމަވެސް އެކަން ކުރެވޭނެ ގޮތެއް ބަލާނެ ކަމަށް ވިދާޅުވިއެވެ.
އަދި އެކަން ކޮށްދޭނެ ކަމަށާއި، އޭޕްރިލް މަހުން ފެށިގެން އެކަން ކޮށްދެވޭތޯ ބަލާނެ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
މަސްނިމޭއިރު ބޭނުންނުކޮށް ހުންނަ ޑޭޓާ އަނެއް މަހަށް ބޭނުންނުކުރެވޭ މައްސަލައަކީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.