މޭލެއިން ތ. ގުރައިދޫއަށް ދަތުރުކުރި ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފުން ބުނެފައިވަނީ މި ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. އަދި މިކަމުގެ ރިޕޯޓް ލިބިފައިވަނީ މެންދުރު 13:13 ހާއިރު ކަމަށެވެ.
މި ލޭންޑިން ކްރާފްޓްގައި ތިން މީހުން ތިބި ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އަދި އެމީހުން އެސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގައިގެން ތ. ދިޔަމިނގިލި ހެލްތް ސެންޓަރަށް ގެންގޮސްފައިވާކަމަށް ވެސް އެމްއެންޑިއެފުން މައުލޫމާތުދެއެވެ.
އެމްއެންޑީއެފުން ބުނެފައިވަނި އެ ލޭންޑިން ކްރާފްޓް ގުރައިދޫއަށް ވެއްދުމަށް އެހެން އުޅަނދެއްގެ ކަފު ޖަހައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ލޭންޑިން ކްރާފްޓްގައި ހުރީ ފެނަކަ ކޯޕަރޭޝަން ކާގޯގެ ކޮންސްޓްރަކްޝަން ސާމާނުކަމަށެވެ.