އައްޑޫސިޓީ ހިތަދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި ހިތަދޫ ދާއިރާގެ މަޖްލިސް މެމްބަރުން ކަމުގައިވާ، މުހައްމަދު އަސްލަމް، އަހުމަދު ރަޝީދު، އިބްރާހިމް ނާޒިލް، އެމްޓީސީސީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއާއި އިސްވެރިން، އަދި އައްޑޫ ސިޓީ ކައުންސިލްގެ ރައީސްއާއި މެމްބަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހިތަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢޫގެ ދަށޫން، 234،297 ކިއުބިކް މީޓަރުޣޭ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 800 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މި މަޝްރޫއު8 އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 52.43 މިލިއަން ރުފިޔާއަށެވެ. އަދި މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަސްތެރޭގައިއެވެ.