ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ތާއީދު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް އިދިކޮޅު ޕީޕީއެމުން ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އަށް އޮތްކަން ހާމަކުރުމުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ނުރުހުން ފާޅުކުރައްވައިފިއެވެ.
މުއިއްޒު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް އޭނާ އަށް ތާއީދު ކުރައްވާތީ ގައުމު އެ މީހަކަށްޓަކާ ފަހުރުވެރިވާ އަދި ދެވަނައެއް ނުވާ ދަގަނޑޭ އަށް ޝުކުރު އަދާކުރާ ކަމަށެވެ.
އެ ޓްވީޓަށް ރައްދު ދެއްވާ އިކްރާމް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، ޤައުމީ ބަތަލުންގެ ގޮތުގައި ދިވެހިން ދެކެމުން އަންނަ އަޝްފާގު ސިޔާސީ ވާދަވެރިކަމުގެ ތެރެއަށް ބައިވެރި ކުރުވުމުން ސާބިތު ކޮށްދެނީ މުއިއްޒު އަމިއްލަ ސިޔާސީ މަންފާއަށް "ކޮށްފައި ނުކުރާނެ ކަމެއް" ނޯންނާނެ ކަންކަމަށެވެ.
އަދި މުއިއްޒުގެ އަމަލު ކުށްވެރިކުރާކަމަށް އިކްރާމްގެ ޓްވީޓްގައިވެއެވެ.
Qaumee batholun gothuga dhivehin dhekemun anna @AliAshfaq07 siyaasee vaadha verikamuge thereah baiveri kuruvumun saabith kohdhenee candidate amilla siyaasee manfaa ah koffa nukuraane kameh noonnaanekan. @MMuizzu ge mi amalu kuvveri kuran. https://t.co/anybHg12Uj
— Ikram Hassan MP (@ikramhassan) April 2, 2021
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވަނީ މުއިއްޒުގެ އިތުރުން އެމްޑީޕީގެ ޓިކެޓުގައި އަނަސް އަބްދުއްސައްތާރާއި އަމިއްލަ ގޮތުން އަލްހާން ފަހުމީ އެވެ.