Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ކައުންސިލް އިންތިހާބު: އަލީ ރަމީޒުގެ ތާއީދު ޑރ. މުއިއްޒަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެސިޓީ މޭޔަރު ކަމަށް އަލީ ރަމީޒު ތާއީދު ކުރަނީ ޕީޕީއެމްގެ ކެނޑިޑޭޓް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއަށް ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެެއްޖެއެވެ.

އަލީ ރަމީޒްގެ ފޮޓޮއަކާއި މެސެޖެއްގެ ސްކްރީން ޝޮޓާއެކު މެމްބަރު ހުސައިން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލޭ މޭޔަރުކަމަށް އަލީ ރަމިޒްގެ ތާއީދުވެސް އޮތީ މުއިއްޒުއަށް ކަމަށެވެ.

އެކަމާއި ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އަލީ ރަމީޒްގެ ތާއީދު އޭނާއަށް އޮތްކަން ހާމަކުރެއްވީތީ ޝުކުރުއަދާކުރައްވާ ކަމަށެވެ.

މުއިއްޒު މާލޭ މޭޔަރު ކަމަށް ވާދަކުރައްވާފައިވާއިރު އޭސީސީން މުއިއްޒުއާއި ދެކޮޅަށް ހުރި ކޮރަޕްޝަންގެ މައްސަލަތަކެއްވެސް ބަލަމުންނެވެ.

މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވަނީ ޕީޕީއެމްގެ ޓިކެޓުގައި ޑރ. މުއިއްޒު އާއި އެމްޑީޕީގެ ޓިކެޓުގައި އަނަސް އަބްދުއްސައްތާރުގެ އިތުރުން ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީއެވެ.