Last Updated: April 20, 18:45
Tuesday, April 20, 2021
ވިޔަފާރި

މޫލީ އިން އައިޕެޑާއި މެކްބުކް ޕްރޯ ޕްރީ އޯޑަރަށް!

އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީއިން އެޕަލްގެ އެންމެ ފަހުގެ ޕްރޮޑަކްޓުތައް ޕްރީ-އޯޑަރަށް ހުޅުވާލައިފިއެވެ.

އުރީދޫ އިން ބުނީ އެޕަލްގެ އެންމެ ފަހުގެ އައިޕެޑް ޕްރޯ، މެކްބުކް އެއަރ އަދި މެކްބުކް ޕްރޯ، އުރީދޫ އެޕް މެދުވެރިކޮށް ޕްރީ އޯޑަރއަށް ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މޫލީ ޕްލެޓްފޯމް މެދުވެރިކޮށް އެޕަލްގެ ޑިވައިސްތަކަށް ރައްކާތެރިކަމާއެކު ބީއެމްއެލް ނުވަތަ އެމްފައިސާ މެދުވެރިކޮށް އޮންލައިން ޕޭމަންޓް ހެދޭނެކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ ކޮންމެހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވަރީ ކުރެވޭނެ ކަމަށްވެސް އުރީދޫން ބުނެއެވެ.

މޫލީ ޓީމުން ބުނީ އައިޕެޑް ޕްރޯ، މެކްބުކް ޕްރޯ އަދި މެކްބުކް އެއަރ ޕްރީ އޯޑަރއަށް ނަންގަވާ ފަރާތްތަކަށް އޭޕްރިލް މަހުގެ މެދުތެރޭ ޑިވައިސްތައް ޑެލިވަރ ކުރެވިގެންދާނެކަމަށެވެ.

އައިޕެޑް ޕްރޯ 12.9 (256 ޖީބީ) 22،299ރ. އަށް
މެކްބުކް އެއާ 13 (512 ޖީބީ) 22،599ރ. އަށް
މެކްބުކް ޕްރޯ 13 (512 ޖީބީ) 32،199.01ރ. އަށް

ފުޅާވަމުން އަންނަ އީ-ކޮމަރސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިންގ ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓަރންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ޚިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ. މި ޕްލެޓްފޯމްގެ ޚާއްޞަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުޞަތު ފަހިވެ، ހިލޭ ވެއަރހައުސް ޚިދުމަތާއި ޑެލިވަރީ ޚިދުމަތް ލިބުމެވެ.

މި ޚިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުޞަތުވަނީ ފަހިވެފައެވެ. ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ޚިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުޞަތު ހުޅުވާލާފައެވެ.

އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެންނެވެ.