ވެރިކަންކުރާ ޕާޓީ ބޭނުންހާގޮތަކަށް މޮޑޭ ފުށްގަނޑަކަށް ޤާނޫނު މާނަ ނުކުރެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މެންބަރުން އަމިއްލަ ޕާޓީ، އާއިލާ އަދި ގެދޮރަށް ކުރާ ދަތުރު ޚަރަދު ނެގުމަކީ ޤާނޫނާ ޚިލާފް ކަމެއްކަމަށެވެ.
ކޮވިޑުން ދަރަނިވެރިވެ މަގުމަތިވެފައިވާއިރު ރައްޔިތުންގެ ޖީބުން މެމްބަރުން ޚަރަދުކުރުމަކީ މުޑުދާރުކަމެއް ކަމަށްވެސް ޖަމީލް ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވެފައިވަނީ ވެރިކަންކުރާ ޕާޓީ ބޭނުންހާގޮތަކަށް މޮޑޭ ފުށްގަނޑަކަށް ޤާނޫނު މާނަ ނުކުރެވޭނެ ކަމަށެވެ.
ޑރ. ޖަމީލް މިފަދައިން ޓްވީޓް ކުރައްވާފައިވަނީ މަޖިލީހުގެ މެމްބަރުން އެ މެމްބަރުންގެ ދާއިރާތަކަށް މަޖިލީހުގެ އިދާރާގެ ހުއްދައާއެކު ކުރާ ދަތުރުތަކަކީ ރަސްމީ ދަތުރުތަކުގެ ގޮތުގައި ކަނޑައަޅުމާ ގުޅިގެންނެވެ.