Last Updated: July 1, 00:12
Tuesday, June 30, 2026
ޚަބަރު

ފުލުހުންގެ ބޯޑަށް ސަފާ އައްޔަނު ކުރަން ރުހުން ދީފި

ފޮޓޯ: އަވަސް

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޕޮލިސް ބޯޑަށް ޤާނޫނީ ވަކީލް ސަފާ ޝަރީފް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުުހުން ދީފިއެވެ.

މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ސަފާ ޕޮލިސް ބޯޑަށް އައްޔަނުކުރަން ފެންނަ ކަމަށް 34 މެމްބަރުން ވޯޓުދެއްވިއެވެ. ސަފާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޤަނޫނީ ވަކީލުންގެ ޓީމުގައި ކުރިން ހިމެނިވަޑައިގެންނެވި ފަރާތެކެވެ.

ޕޮލިސް ބޯޑަށް އާންމުންގެ ފަރާތުން ދެ މެމްބަރަކު އައްޔަން ކުރަންޖެހޭ ކަމަށް ގާނޫނުގައި ބުނެފައިވެއެވެ. އޭގެތެރެއިން އެއް މެމްބަރަކަށް އައްޔަނުކޮށްފައިވަނީ ހާމިދު އަބްދުލްޣަފޫރެވެ.

ފުލުހުންގެ ބޯޑު އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ 2 މެންބަރުންނާއި، ފަންނީ ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ 3 މެންބަރުންނާއި، ޢާންމުކޮށް ހުޅުވާލައިގެން ޢާންމު ރައްޔިތުންގެ ތެރެއިން، ކުރިމަތިލާ 2 މެންބަރުންނެވެ.