ފާއިތުވި 50 އަހަރުގެ ތެރޭގައި މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ބަދަލެއްގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް، އެމަނިކުފާނުގެ އިތުބާރު ނެތިގެން މަގާމުން ވަކިކުރި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އާ ޤާނޫނުއަސާސީ އަށްފަހު މާލޭ ރަށްޔިތުން އިހުސާސްކުރީ ރައީސް ޔާމީން ވެރިކަމުގައި ކަމަށެވެ.
ބޯހިޔާވަހިކަމަށް 50 އަހަރުތެރޭ އެންމެ ބޮޑު ބަދަލުގެނައި ހަމައެކަނި ވެރިޔަކީ ރައީސް ޔާމީންކަން ފާހަގަކޮށް ޑރ. ޖަމީލްގެ ޓްވީޓްގައި ބުނެފައިވަނީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ލީޑަރަކީ ރައީސް ޔާމީން ކަމަށާއި، އަދި އިތުބާރު ކުރެވޭ ޕާޓީއަކީ ޕީޕީއެމްކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުންގެ ވޯޓު ހައްގީވެސް ޕީޕީއެމަށް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
އާ ޤާނޫނުއަސާސީ އަށްފަހު މާލޭ ރަށްޔިތުން އިޙްޞާސްކުރީ ރައީސް ޔާމީން ވެރިކަމުގަ. ބޯހިޔާވަހިކަމަށް 50 އަހަރުތެރޭ އެންމެ ބޮޑު ބަދަލުގެނައި ހަމައެކަނި ވެރިޔަކީ އެއީ. އިތުބާރުކުރެވޭ ލީޑަރ/ޕާޓީއަކީ ޕީޕީއެމް. އަދި މިކަންކުރެވޭ ރައީސް ޔާމީން/ޕީޕީއެމް. ރައްޔިތުންގެ ވޯޓު ޙައްޤީ މިޕާޓިއަށް pic.twitter.com/vprPJNfnux
— Mohamed Jameel Ahmed (@MJameelAhmed) April 6, 2021