Last Updated: July 1, 00:00
Tuesday, June 30, 2026
ޚަބަރު

މ. މުލީ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފި

މ. މުލީ އެއާޕޯޓް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މ. އަތޮޅު އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް މިއަދު މ. މުލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ރަންވޭ އެކަނި އެޅުމަށްފަހު މުލީގެ ރައްޔިތުންނަށް އެއާޕޯޓް ދޫކޮށްނުލާނެ ކަމަށާއި ނިންމަން ހަވާލުކޮށްފައިވާ މުއްދަތަށް މަސައްކަތް ނިންމާނެކަމަށެވެ.

އާދަމް އާޒިމް ވިދާޅުވީ އެމްޓީސީސީއަކީ މޫސުމީ ކުންފުންޏެއް ނޫންކަމަށާއި، މިދިޔަ އަހަރު އެކަނިވެސް 38 ޕްރޮޖެކްޓްގެ މަސައްކަތް ނިންމާފައިވާކަމަށެވެ.

މީމު އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއުގައި ސޮއިކުރެވުނީ 28 ފެބްރުއަރީ 2021 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 14 ހެކްޓަރުގެ ބިން ހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި، ޓެކްސީވޭ އަކާއި އޭޕްރަނެއް އެޅުމުގެ މަސައްކަތް ހިމެނެއެވެ.މި މަޝްރޫއަކީ 221.733 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 365 ދުވަހުގެ ތެރޭގައެވެ.