Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު ރައްޔިތުންގެ މަޖިލީސް

އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް އިލްތިމާސްކޮށްފި

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަކީ އިންސާފުވެރި އިންތިހާބަކަށް ހެދުމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައިސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވަނީ މިއަދުގެ ޖަލްސާއަކީ ކައުންސިލް އިންތިހާބުގެ ކުރިން ބޭއްވޭ ފަހު ޖަލްސާކަން ފާހަގަކުރައްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ އިންސާފުވެރި ހަމަހަމަ އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުންނަށް އިލްތިމާސް ކުރާކަމަށެވެ. އަދި އިންސާފުވެރި އިންތިހާބެއް ލިބޭނެކަމަށް ޔަގީން ކުރާކަމަށް ވިދާޅުވިއެެވެ.

"އެއީ ވޯޓު ލުމުގެ މަސައްކަތް ވެސް. އަދި ވޯޓު އިއުލާނު ކުރުމުގެ މަސައްކަތްވެސް. މި އެންމެހާ ކަންކަމަކީ ދެފުށް ފެންނަ، ސީދާ ޤާނޫނާ ގަވައިދުގައިވާ ގޮތުގެ މަތިން ހިންގޭ މަސައްކަތްތަކަކަށް ވާންޖެހޭނެ. އަދި އަޅުގަނޑު އެކަމަކާ ޝައްކެއްވެސް ނުކުރަން." ރައީސް ނަޝީދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 10 ވާ ހޮނިހިރު ދުވަހުއެވެ. އިންތިހާބަށް ޕީޕީއެމާއި އެމްޑީޕީން އަންނަނީ ވަރުގަދަޔަށް ކެމްޕެއިން ކުރަމުންނެވެ.