ކެމްޕެއިން ދުވަސްވަރު މަޝްރޫއުތައް އިއުލާނުކޮށް ފެށުމަކީ ސަރުކާރުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އަންނަނީ އެކިކަހަލަ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.
އެގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކެމްޕެއިން ދުވަސްވަރު ސަރުކާރު ނުވަތަ ސަރުކާރުގެ ކުންފުނިތަކުން ތަރައްގީގެ މަޝްރޫއުތައް ފަށާ އިއުލާނުކޮށް، ބިންގާ އެޅުންފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ.
Commencement of projects and announcement of development plans during the campaign period is an abuse of State resources!
#LCE2020 #WDC2020 #BaarakyAharamen pic.twitter.com/pkT2KqgFYk
— Transparency MV (@TransparencyMV) April 6, 2021
މީގެ އިތުރުންވެސް ޓްރާންސްޕޭރެންސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކެމްޕެއިން ހަރަކާތްތަކުގައި ސަރުކާރު ކުންފުނިތަކުގެ އުޅަނދުފަހަރާ، ސްޕީކަރު ފަދަ ތަކެތި ބޭނުންކުރުމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޭޕްރިލް 10 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ސަރުކާރުން އަންނަނީ އެ ރަށްރަށުގެ މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާ ހަވާލު ކުރަމުންނެވެ. އަދި ސަރުކާރު ކުންފުނިންތަކުން އަންނަނީ އެ މަސައްކަތްތައް ފެށުމަށް މަޖިލީހުގެ މެމްބަރުންނާއި އެކު ރަށްތަކަށް ވެސް ދަތުރުކުރަމުންނެވެ. ހާއްސަކޮށް އެމްޓީސީސީން ކުރިއަށްގެންދާ ގިނަ މަޝްރޫއުތަކެއް ފެށުމަށް މިދަވަސްވަރު އަންނަނީ ރަށްތަކަށް ދަތުރުކުރަމުންނެވެ.