ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލީ ޖޮންގް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ވަދާއީ ޒިޔާރަތުގައި ރައީސް ސޯލިހް، ޗައިނާގެ ސަފީރު ރާއްޖޭގައި ހުންނެވި ދުވަސްތަކުގައި ދެޤައުމުގެ ގުޅުން ވަރުގަދަ ކުރުމަށް ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައިސް ވަނީ ޗައިނާއަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއްކަންވެސް ފާހަގަކުރައްވާފައެވެ.
އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް ޗައިނާއިން ރާއްޖެއަށް 200،000 ޑޯޒްގެ ވެކްސިނާއި ސިއްހީ ސާމާނު ފޯރުކޮށް ދެއްވިކަން ފާހަގަކޮށް ރައީސް ވަނީ އެކަމަށްވެސް ޗައިނާގެ ސަފީރަށް އަދި ޗައިނާ ސަރުކާރަށް ޝުކުރުއަދާ ކުރައްވާފައެވެ.