Last Updated: April 20, 18:45
Tuesday, April 20, 2021
ޚަބަރު ޝަރުއީ ދާއިރާ

ރައީސް މައުމޫނާ ދެކޮޅަށް ޖާބިރު ކުރި ދައުވާ ސާބިތެއް ނުވި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެކޮޅަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ސިވިލް ކޯޓުގައި ކުރި ދައުވާ ސާބިތުނުވާކަމަށް ހުކުމް ކޮށްފިއެވެ.

ލޯނެއް ނުދައްކާ ކަމަށްބުނެ ޖާބިރު، ރައީސް މައުމޫނާ ދެކޮޅަށް ދައުވާ ކުރި މައްސަލަ ސާބިތު ނުވާކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ޖާބިރު ހުށަހެޅުއްވި ލިޔެކިޔުންތަކުން އޭނާ ވިދާޅުވާ މުއާމަލާތް ހިންގި ކަމުގެ ހެކި ނެތުމުންނެވެ.

ރިޔާސީ އިންތިހާބަށް ޖާބިރު އަތުން ރައީސް މައުމޫން 29 މިލިއަން ރުފިޔާ ނެންގެވިކަމަށް ޖާބިރު ވިދާޅުވާއިރު އެފައިސާ ދައްކާފައިނުވާ ކަމަށް ޖާބިރު ވިދާޅުވެއެވެ. ރައީސް މައުމޫންގެ ފަރާތްޕުޅުންވަނީ ޖާބިރުގެ ތުހުމަތުތައް ދޮގުވެސް ކޮށްފައެވެ. 

މީގެ ކުރިން މި މައްސަލަ ޖާބިރު ވަނީ ފުލުހަށްވެސް ހުށަހަޅާފައެވެ. އެހެންނަމަވެސް ފަހުން އެ މައްސަލަ ނަންގަވާ ރައީސް މައުމޫނަށް މާފްކޮށްފައިވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.