Last Updated: April 16, 09:59
Tuesday, April 16, 2024
ޚަބަރު ކައުންސިލް އިންތިހާބް

ވެލާވަރު ރިސޯޓަށް އީސީގެ އޮފިޝަލުން އެރުމުގެ ހުއްދަ ނުދިން

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އޮފިޝަލުންނަށް ވެލާވަރު ރިސޯޓަށް އެރުމުގެ ހުއްދަ ނުދިން ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރިސޯޓަށް އެރުމުގެ ހުއްދަ ނުދިނުމުން އީސީގެ އޮފިޝަލުން ކައިރި ރަށަކަށް ފޮނުވާފައިވާ ކަމަށެވެ.

އެ ރިސޯޓްގައި ވޯޓްލުމަށް ރަޖިސްޓްރީ ކޮށްފައިވާ 61 މީހުންނަށް ވޯޓު ލެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް އޮފިޝަލުން ރިސޯޓްތަކަށް ފޮނުވުމުގެ މަސައްކަތް އީސީން ފަށާފައިވަނީ މިއަދުއެވެ. ވެލާވަރު ރިސޯޓަށް އީސީގެ އޮފިޝަލުން އެރުވުމަށް ދެކޮޅު ހެދި ސަބަބެއް ސާފެއް ނުވެއެވެ.