Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

އޮޕަރޭޝަން ހިންގީ ހަތިޔާރު ގެންގުޅޭކަމަށް މައުލޫމާތު ލިބުމުން، ފެނުނީ ކުޅޭކުޅޭ ބަޑިއެއް: އެމްއެންޑީއެފް

ފޮޓޯ: މިހާރު

މާފަންނު މުއިވެޔޮ މަގު ބަންދުކޮށްގެން ހަތިޔާރާއެކު ސަލާމަތީ ހިދުމަތްތަކެއް ހަރަކާތްތެރިވެފައިވަނީ ހަތިޔާރު ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އެ އޮޕަރޭޝަން މިހާރު ނިންމާލާފައިވާކަމަށެވެ.

އަދި ޗެކްކުރި އިރު އެ ހަތިޔާރަކީ ކުޅޭކުޅޭ ބަޑިއެއްކަން އިންގިފައިވާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައިވެއެވެ.