Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު ކައުންސިލް އިންތިހާބް

އެމްޑީޕީ ރަސްދޫ ދަތުރުގައި ރައިސް ސޯލިހް ބައިވެރިވެވަޑައިގެންފި

ފޮޓޯ: އެމްޑީޕީ

އެމްޑީޕީ "ރަށްވެހި ފަތިސް" އއ. ރަސްދޫ ދަތުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގެންފިއެވެ.

އެމްޑީޕީން ރަސްދޫ ފަޅުތެރޭގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ "ރަށްވެހި ފަތިސް" ޖަލްސާއަށް އެމްޑީޕީގެ ބޯޓުތައް ރަސްދޫއަށް ފުރާފައިވަނީ މިއަދު ހެނދުނުއެވެ.

ރައީސް ސޯލިހް އަދި ރައީސް ނަޝިދު މި ޖަލްސާގައި ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާއިރު ރައީސް ސޯލިހް މިދަތުރާ ގުޅިވަޑައިގެންފައިވަނީ މިއަދު މެންދުރުފަހުއެވެ.

މި ދަތުރުގައި އެމްޑީޕީގެ މަޖިލިސް މެމްބަރުންނާއި ވަޒީރުންގެ އިތުރުން އެޕާޓީގެ އިސްފަރާތްތަކުން އަންނަނީ ބައިވެރިވަމުންނެވެ.