Last Updated: March 28, 18:00
Thursday, March 28, 2024
ޚަބަރު ކައުންސިލް އިންތިހާބް

އެމްޑީޕީ ނޫން ކެނޑިޑޭޓަކަށް ވޯޓު ލާންޖެހޭ ސަބަބެއް ނެތް: ރައީސް ސޯޯލިހް

އެމްޑީޕީ ނޫން ކެނޑިޑޭޓަކަށް ވޯޓު ލާންޖެހޭ ސަބަބެއް ނުފެންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ "ރަށްވެހި ފަތިސް" ރަސްދޫ ދަތުރުގައި ބައިވެރިވެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ކޮށްފައިހުރި ކަންކަމާއި ކުރަން ރާވައިފައި ހުރި ކަންކަން ފެންނަން ހުންނާނެ ކަމަށެވެ. އަދި އެކަންކަން ރައްޔިތުންނާ ހަމައަށް ގެނެވޭނީ އެމްޑީޕީއަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބަކީ މުހިންމު އިންތިހާބެއް ކަމަށާއި އެމްޑީޕީ ނޫން ކެނޑިޑޭޓަކަށް މި އިންތިހާބުގައި ވޯޓު ލާންޖެހޭ އެއްވެސް ސަބަބެއް ނުފެންނަކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުރިހާ ރައްޔިތުން އެމްޑީޕީއަށް ވޯޓު ދީ ރަނގަޅު ފަތިހަކަށް އަލިވިލޭނެ ކަމަށެވެ.

ރަސްދޫ ފަޅުތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްމްޕޭން ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައެވެ. މިޖަލްސާގައި ރައީސް ނަޝީދު އަދި ރައީސް ސޯލިހް ވާހަކަފުޅު ދައްކަވާނެއެވެ.