Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު

ކަރަންޓީނު އަދި އައިސޮލޭޝަންގައި ތިބި މީހުންނަށް ވޯޓުލުމަށް ހާއްސަ ވަގުތެއް

ލޯކަލް ކައުންސިލް އިންތިޚާބު 2020ގެ ވޯޓުލުން ފެށިފައިވާ އިރު، ކޯވިޑް 19ގެ ސަބަބުން ކަރަންޓީނު އަދި އައިސޮލޭޝަންގައި ތިބި މީހުންނަށް ވޯޓުލުމަށްޓަކައި ވަނީ ހާއްސަ ވަގުތެއް ކަނޑައަޅާފައެވެ.

ކަރަންޓީނު އަދި އައިސޮލޭޝަންގައި ތިބި މީހުންނަށް ވޯޓުލުމަށްޓަކައި ކަނޑައަޅާފައިވާ ވަގުތަކީ 17:00ން 18:00ށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

ހެނދުނު 7:00 ން ފެށިގެން ވޯޓުލާން ފަށައިފިއެވެ. މިފަހަރުގެ ވޯޓު އެތައް ގޮތަކުން ތަފާތު ވެގެން ދެއެވެ. އެގޮތުން މިފަހަރު ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދަނީ ޖެހެނީ ކޯވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށްވުމުން ވޯޓުލާ މަރުކަޒުތަކުގައި ބަލިން ރައްކާތެރި ވުމުގެ ފިޔަވަޅުތައް ވަނީ އަޅާފައެވެ. އެގޮތުން ވޯޓުލާ މަރުކަޒުތަކަށް ވަނުމުގެ ކުރިން ހުން ބެލުމާއި އަތް ސެނިޓައިޒް ކުރުން އަދި އޮފިޝަލުން ވެސް ތިބެނީ ފޭސް ޝީލްޑް އަޅައިގެންނެވެ. މިކަމުގެ ސަބަބުން ވޯޓުލުމާއި ގުނުމުގެ މަރުހަލާ އެހެން އަހަރުތަކަށް ވުރެ ލަސްވާނެ ކަމަށް ވެސް ވަނީ ލަފާ ކުރެވިފައެވެ.

އިލެކްޝަންސް ކޮމިޝަންސް އަޙްމަދު ޝަރީފް ވިދާޅުވީ މިނިވަންކަމާއި ރައްކާތެރިކަމާއެކު ވޯޓުލުމުގެ ހައްގު އަދާކުރެއްވުމަށެވެ.