މާލެސިޓީގައި ވޯޓުލާ މަރުކަޒުގެ ތަކުގެ ކަންކަން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްލަވަންފައްޓަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު އަންނަނީ އެކި ވޯޓުލާ މަރުކަޒުތަކަށް ގޮސް އެތަންތަނުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާގޮތް ބައްލަވަމުންނެވެ.
ވޯޓުލުން ކުރިޔަށް ދާ މަރުކަޒުތަކުގައި ވޯޓުލާ ނުލާގޮތްގޮތް ބައްލަވާލެއްވުމަށް ރައީސް ނަޝީދު ވަޑައިގަތުން.#ވަގުތުން pic.twitter.com/gkf8lRRE2A
— #RahvehiFathis 💛 (@Simwarr) April 10, 2021
ހެނދުނު 07:00 އިން ފެށިގެން ވޯޓުލުމުގެ ކަންކަން ކުރިއަށް ދަމުން އަންނައިރު މި އިންތިހާބުގައި ޖުމުލަ 713 ވޯޓު ފޮށްޓެއް ބަހައްޓާފައިވެއެވެ. އޭގެތެރެއިން 242 ވޯޓު ފޮށި ބަހައްޓާފައިވަނީ މާލޭގައެވެ.
މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 273،182 މީހުންނަށެވެ. ކައުންސިލްތަކަށް 2،234 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަންހެނުންގެ ކޮމިޓީތަކަށް 1،580 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ.