Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

ރައީސް ސޯލިހް ވޯޓު ލައްވައިފި

މިހާރު ކުރިއަށްދާ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓު ލައްވައިފިއެވެ.

ރައީސް ވޯޓު ލެއްވުމަށް ވަޑައިގަތީ ޖަމާލުއްދީން ސްކޫލަށް 10:30 ހާއިރުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިބު ރައިސް ފައިސަލް ނަސީމް ވޯޓު ލެއްވުމަށް ހަމަޖެހިފައިވަނީ މެންދުރުގެ ވަގުތެއްގައި މާފަންނު ސްޓޭޑިއަމްގައި ހުރި ވޯޓު ފޮއްޓަކަށެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 273،182 މީހުންނަށެވެ. ކައުންސިލްތަކަށް 2،234 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަންހެނުންގެ ކޮމިޓީތަކަށް 1،580 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އިންތިހާބަކާ ނުލައި ކައުންސިލްގެ 22 މަގާމަކަށް 30 މެންބަރުން އިންތިހާބުވެފައިވާއިރު އަންހެނުންގެ ކޮމިޓީގެ 31 ދާއިރާއަކަށް 90 މެންބަރުން އިންތިހާބުވެފައިވެއެވެ.