Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

އަދި ވޯޓުލީ 17 އިންސައްތަ މީހުން: އީސީ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އަދި ވޯޓު ލާފައިވަނީ 17 އިންސައްތަ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އީސީން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، 10:45 ވީއިރު ވޯޓު ލީ އެންމެ 17 ޕަސެންޓް މީހުން ކަމަށެވެ.

ޝަރީފް ވިދާޅުވީ މިއީ ކުރީގެ އިންތިހާބުތަކާ އަޅާބަލާއިރު މަދު އަދަދެއް ކަމަށެވެ. މި ނިސްބަތުން ބަލާއިރު އަންދާޒާކުރެވެނީ ވޯޓު ލާނީ 38 ނުވަތަ 40 ޕަސެންޓް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް މެންދުރުފަހު ވޯޓުލުމަށް ނިކުންނަ މީހުންގެ އަދަދު އިތުރުވާނެ ކަމަސް ގަބޫލުކުރެވޭކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އޮފިޝަލުން ނެތިގެން ވޯޓުލުން ނުފެށުނު ވިލުފުށީގައި ވެސް މިހާރު ވޯޓުލާން ތައްޔާރުވެ ކިއޫ ހަދާފައިވާ ކަމަށެވެ. އެހެންވެ އެ ރަށުގައި ވެސް ދެން މައްސަލައެއް ނެތި ވޯޓުލުން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.