Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

މަޖިލިސް އިންތިހާބަށްވުރެ ބޮޑު ކާމިޔާބެއް އެމްޑީޕީއަށް ލިބޭނެ: ރައީސް ސޯލިހް

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީއަށް މަޖިލިސް އިންތިހާބުގައި ލިބުނު ކާމިޔާބީ އަށްވުރެއް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބުގެ ވޯޓު ލެއްވުމަށްފަހު ޖަމާލުއްދީން ސްކޫލުގައި މީޑިއާއާ ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އަތޮޅުތަކާއި މުޅި ރާއްޖޭގެ ހިންގުމަށް މި ވޯޓުގެ ނަތީޖާއާ އެކު ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.

މިއީ ދަތި އުނދަގޫ ވަގުތެއްގައި ބާއްވާ އިންތިހާބެއްކަން ފާހަގަކޮށް ރައީސް ސޯލިހް ވިދާޅުވީ އެދެނީ ވީހާވެސް ގިނަ ބަޔަކު ނުކުމެ ވޯޓު ދެއްވުމަށްކަމަށެވެ.

އުންމީދުކުރަނީ އެމްޑީޕީއަށް މާލެ އަދި އެހެން ސިޓީތަކާއި އަތޮޅުތަކުން ވެސް ލިބޭނެ ކަމަށް ކަމަށާއި، މަޖިލިސް އިންތިހާބުގައި ހޯދި ކާމިޔާބީއަށް ވުރެއް ބޮޑު ކާމިޔާބީއެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ. އަދި ވިދާޅުވީ 65 އިންސަތައާއެކު އެމްޑީޕީއަށް މާލެ ސިޓީ ކާމިޔާބުކޮށް މާލެ މޭޔަރުކަންވެސް ކާމިޔާބު ކުރެވޭނެކަމަށް ގަބޫލުކުރާކަމަށެވެ.