Last Updated: April 19, 10:45
Friday, April 19, 2024
ޚަބަރު

ލައްކައަކަށް ވުރެ ގިނަ މީހުން ވޯޓުލައިފި

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުން ވޯޓުލައިފިއެވެ.

ކޮވިޑު-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގިނަ ފިޔަވަޅު ތަކާއި އެކު ކުރިއަށްދާ މި އިންތިހާބުގައި ހެނދުނު ގިނަ ވޯޓުލާ މަރުކަޒުތައް ހުރީ ފަޅަށެވެ. ނަމަވެސް މެންދުރު ވަމުން ދިޔައިރު ބައެއް ވޯޓުލާ މަރުކަޒުތަކުގައި ކިއު ހެދެމުން ދިޔަތަން ފެނުނެވެ.

އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ވޯޓާއި ގުޅޭ ގޮތުން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މެންދުުރު 13:50 ހަމައަށް 100829 މީހުން ވަނީ ވޯޓުލާފައެވެ. އެއީ 53689 ފިރިހެނުންނާއި 47140 އަންހެނުންނެވެ.

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންްވާ 273،128 މީހުން އެބަތިބިއެވެ.

އިލެކްޝަނުން ވަނީ މިއަދު ހަވީރު 5 ޖެހުމާއި ހަމައަށް ވޯޓު ލުމަށް ހަމަޖައްސާފައެވެ. އަދި ހަވީރު 5 އިން 6 ޖެހުމާއި ހަމައަށް ކޮވިޑު-19 ޕޮޒިޓިވްވެފައިވާ މީހުންނަށް ވޯޓު ލެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން

އެމްޑީޕީ – 826 ކެންޑިޑޭޓުން
ޕީޕީއެމް – 647 ކެންޑިޑޭޓުން
ޖުމްހޫރީ ޕާޓީ – 115 ކެންޑިޑޭޓުން
އަދާލަތު ޕާޓީ – 28 ކެންޑިޑޭޓުން
އެމްޑީއޭ – 20 ކެންޑިޑޭޓުން
އެމްއާރްއެމް – 15 ކެންޑިޑޭޓުން
އެމްއެލްއެސްޑީޕީ – 4 ކެންޑިޑޭޓުން
ޑީއާރުޕީ – 1 ކެންޑިޑޭޓް
އަމިއްލަ ގޮތުން – 609 ކެންޑިޑޭޓުން
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު

އެމްޑީޕީ – 650 ކެންޑިޑޭޓުން
ޕީޕީއެމް – 499 ކެންޑިޑޭޓުން
ޖުމްހޫރީ ޕާޓީ – 46 ކެންޑިޑޭޓުން
އަދާލަތު ޕާޓީ – 25 ކެންޑިޑޭޓުން
އެމްޑީއޭ – 19 ކެންޑިޑޭޓުން
އެމްއާރްއެމް – 4 ކެންޑިޑޭޓުން
އަމިއްލަ ގޮތުން – 427 ކެންޑިޑޭޓުން