Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ވޯޓުލުމަކީ ފަރުދީ ޒިންމާއެއް: މިނިސްޓަރު މަހްލޫފް

ވޯޓުލުމަކީ ފަރުދީ ޒިންމާއެއް ކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި މިނިސްޓަރު މަހްލޫފް ވެސް ވަނީ ވޯޓު ދެއްވާފައެވެ. މަހްލޫފް އެ މަނިކުފާނުގެ ޓްވިޓާގައި ވިދާޅުވެފައިވަނީ "ލިބިފައިވާ ހައްގުގެ ބޭނުންކުރައްވާ ކުރިޔަށް އޮތް 5 އަހަރަށް ތިޔަ ބޭފުޅުންގެ މަންދޫބުން އިންތިހާބުކުރެއްވުމުގައި ބައިވެރިވެލައްވާ." މިފަދައިންނެވެ.

މިއަދު ހެނދުނު 7 ޖެހިއިރު ވޯޓުލާން ފަށާފައިވާ އިރު މިހާތަނަށް އެއްލައްކައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާފައެވެ. ރައީސް އިމްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ވޯޓު ދެއްވާފައެވެ.