Last Updated: April 16, 15:58
Tuesday, April 16, 2024
ޚަބަރު

އައްޑޫ ސިޓީގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެ

މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީ އަށް އައްޑޫ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ ގެއްލިއްޖެއެވެ.

މިއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ތާރީޚުގައި އެމްޑީޕީއަށް ގޮނޑިއެއް ގެއްލުނު ފުރަތަމަ ފަހަރެވެ. ފާއިތުވެދިޔަ ތިން އިންތިޚާބު ވެސް އެމްޑީޕީން ކާމިޔާބުކުރީ %100 އާ އެކުގައެވެ.

މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީޕީއެމުން ވަނީ 3 ގޮނޑި އަދި މިނިވަން ކެންޑިޑޭޓުން ވަނީ ތިން ގޮނޑި ކާމިޔާބުކޮށްފަައެވެ. ނަތީޖާތައް ދައްކާ ގޮތުން އެމްޑީޕީއަށް ލިބިފައިވަނީ %53 އެވެ.

އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ވާދަކޮށްގެން ތިން ފަރާތަކުން ވަނީ އިންތިޚާބު ކާމިޔާބުކޮށްފައެވެ. އަދި ޕީޕީއެމުން ވަނީ ތިން ގޮނޑި ކާމިޔާބުކޮށްފައެވެ.