Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ވަގުތީ ނަތީޖާ އިއްލާން ކުރެވޭނީ މިއަދު ހަވީރު: އީސީ

އިއްޔެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގެ ވަގުތީ ނަތީޖާ މިއަދު ހަވީރު އިއްލާން ކުރެވޭ ވަރުވާނެކަމަށް އިލެކްޝަން ކަމިޝަނުން ބުނެފިއެވެ.

އިލެކްޝަން ކަމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވީ އަދިވެސް ހަތަރު ވޯޓު ފޮއްޓެއްގެ ވޯޓު ގުނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެވޯޓު ގުނައި ވޯޓުލީ މަރުކަޒުގައި ނަތީޖާ އިއްލާން ކުރުމަށ ފަހު، ވަގުތީ ނަތީޖާ އިއްލާން ކުރުމުގެ މަސައްކަތް ފެށޭނެކަމަށް ޝަރީފު ވިދާޅުވިއެވެ.

އިއްޔެގެ އިންތިހާބުގައި މާލެ ސިޓީ އަދި އައްޑޫ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. މީގެ އިތުރުންވެސް ފާއިތުވި 9 އަހަރު އެމްޑީޕީން ނަގަމުން ދިޔަ ގޮޑިތައް މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީއަށް ވަނީ ގެއްލިފައެވެ.