Last Updated: June 8, 12:02
Monday, June 8, 2026
ސިއްހަތު

ފިޔާ، ލޮނުމެދު: ކޮބާ ފައިދާއަކީ؟

ދުވަހުގެ ކޮއްތުގެ ތެރެއަށް ރޯކޮށް ނުވަތަ ކުޑަކޮށް ކައްކާފައި ހުންނަ ފިޔަ އާއި، ލޮނުމެދު ލުމަކީ ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ވާގިވެރިވާނެ ކަމެކެވެ.

ލޮނުމެދާއި، ފިޔާގައި އެންޓި ވައިރަލް އަދި ބެކްޓީރިއަލް މާއްދާތައް އެކުލެވޭކަމުން، ހަށިގަނޑުގެ ދިފާޢީ ނިޒާމު އެ ތަކެތިން ވަރުގަދަކޮށްދެ އެވެ.

ދިވެހިންނަކީ އާންމުކޮށް ކެއުމުގައި ފިޔަ އާއި ލޮނުމެދު ބޭނުން ކުރާ ބައެކެވެ. އެ އާދަ ދަމަހައްޓަން ޖެހެ އެވެ.

އެކަމަކު ފަހަކަށް އައިސް، ޑައެޓް ކުރުން ފަދަ އާންމުވެ، އަދި ލޮނުމެދާއި ފިޔާ ފަދަ ވަސް ގަދަ ބާވަތްތައް ކެއުމުން ބައެއް މީހުން ވަނީ ދުރުހެލިވެފަ އެވެ.