Last Updated: April 23, 21:11
Tuesday, April 23, 2024
ޚަބަރު

އިންތިހާބުގައި ކާމިޔާބީ ހޯއްދެވި ހުރިހާ މޭޔަރުންނަށް ރައީސް މަރުޙަބާ ވިދާޅުވެއްޖެ

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ކާމިޔާބީ ހޯއްދެވި ހުރިހާ މޭޔަރުންނަށް ފޯނުން ގުޅުއްވައި ރޭ ރައީސް މަރުހަބާ ވިދާޅުވި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް މޭޔަރުންނަށް ދެއްވި ކަމަށެވެ.

މާލެ ސިޓީގެ މޭޔަރަށް އިންތިހާބުވެވަޑައިގަތީ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ. އައްޑޫ ސިޓީގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރު އެވެ. ވަގުތީ ނަތިއްޖާ ދައްކާ ގޮތުން ފުވައްމުލައް ސިޓީގެ މޭޔަރަކަށް އިންތިހާބުވީ އެމްޑީޕީ ކެންޑިޑޭޓު، އިސްމާއީލް ރަފީގު (އިއްސޭ) އެވެ. އަދި މީގެ އިތުރުން އަލަށް ސިޓީއެއްގެ ގޮތުގައި ކަނޑައެޅި ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރަށް އިންތިހާބޫ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު އާތިފް އެވެ.