Last Updated: June 8, 11:47
Monday, June 8, 2026
މުނިފޫހިފިލުވުން

ޝާހްރުކް ސައުތު ކޮރެއާގެ އެމްބެސެޑަރަކަށް!

ސައުތު ކޮރެއާގެ ގުޑްވިލް އެމްބެސެޑަަރަަކަށް ބޮލީވުޑްގެ މަޝްހޫރު ބަތަލު ޝާހްރުކް ހާން ހަމަޖައްސައިފި އެވެ.

ކާމިޔާބް ގިނަ ފިލްމްތަކެެއް ކުޅެ، ބޮކްސް އޮފީހުގައި ގިނަ ރެކޯޑްތަކެއް ގާއިމުކޮށްފައިވާ ޝާހް ސައުތު ކޮރެއާގެ ގުޑްވިލް އެމްބެސެޑަރަކަށް ހަމަޖެއްސުމާ ގުޅިގެން، އިންޑިއާ އާއި ސައުތު ކޮރެއާގެ ގުޅުމާ ގުޅޭ ގޮތުން އޭނާ ގިނަ މަސައްކަތްތަކެއް ކުރާނެ އެވެ.

މަޝްހޫރު ކުންފުނިތައް ކަމަަށްވާ ސެމްސަންގާއި ހިއުންޑާއިގެ މައި މަރުކަޒު ސައުތު ކޮރެއާގެ ގުޑްވިލް އެމްބެސެޑަރަކަށް ޝާހް ހަމަޖެެއްސުމާ ގުޅިގެން، އެ ގައުމުގެ ރައީސް އަންނަ އަހަރުގެ ޖެނުއަރީގައި އިންޑިއާ އަށް ކުރަން ހަމަޖެހިފައިވާ ރަސްމީ ދަތުރުގެ ކުރިން ޝާހް ސައުތު ކޮރެެއާ އަށް ހާއްސަ ދަތުރެއް ކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.

ސައުތު ކޮރެއާގެ ރައީސް އިންޑިއާ އަށް ކުރާ ދަތުުރުގައި ދެ ގައުުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން އިންޑިއާގެ ސަރުކާރާ އެކު ވަރަށް ފުޅާކޮށް މަޝްވަރާ ކުރާނެ އެެވެ.