Last Updated: April 27, 09:26
Saturday, April 27, 2024
ޚަބަރު

ހަ އަނގައިން ވާހަކަ ދައްކަވާ ބޭފުޅަކު މަޖިލީހުގައި ހައެއްކަ އެމް.ޕީއާއެކު އަކުން ބަކުން ކުޅެނީ:ޝެއިޚް ޒައިދު

ރައްޔިތުންނަށް ފެންނަނީ ހަ އަނގައިން ވާހަކަ ދައްކަވާ ބޭފުޅަކު މަޖިލިސްއަށް ވަޑައިގެން، އެތާނގައި ޗަރުކޭސް ދައްކާ، އެ ބޭފުޅާއަށް ވާގިވެރިވާ ހައެއްކަ އެމް.ޕީއާއެކު އަކުން ބަކުން ކުޅޭ މަންޒަރުތައް ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒު ކުރައްވާފައި ކަމަށް ބެލެވޭ މި ވާހަކަ ޝެއިޚް ޒައިދު ވިދާޅުވީ އެ ބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.

"ހަ އަނގައިން ވާހަކަ ދައްކަވާ ބޭފުޅަކު މަޖިލިސްއަށް ވަޑައިގެން، އެތާނގައި ޗަރުކޭސް ދައްކާ، އެ ބޭފުޅާއަށް ވާގިވެރިވާ ހައެއްކަ އެމް.ޕީއާއެކު އަކުން ބަކުން ކުޅޭ މަންޒަރުތައް ރައްޔިތުންނަށް ފެންނަނީ! އެއްވެސް ހަރުދަނާ ކަމެއް ރިވެތި އުސޫލުތަކެއް ނުހިފެހެއްޓޭ! ރައްޔިތުން ރުޅިމަޑު!" ޝެއިޚް ޒައިދު ވިދާޅުވިއެވެ.

ސަރުކާރުުން ކަންތައް ކުރައްވާ ގޮތަށް ޝެއިޚް ޒައިދު ކެނޑިނޭޅި ވަޑައިގަންނަވަނީ ފާޑު ވިދާޅުވަމުންނެވެ. އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އަމަލުފުޅުތައް ހުންނަވާ ގޮތާއިމެދު ފަސްޖެހުމެއްނެތި ޝެއިޚް ޒައިދުއަކީ ގޮތް ވިދާޅުވާ ބޭފުޅެކެވެ.