Last Updated: June 30, 21:19
Tuesday, June 30, 2026
ޚަބަރު

މިހާތަނަށް 333،000 އަށްވުރެއް ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފި

ރާއްޖެ އައި ފަތުރުވެރިންތަކެއް - ފޮޓޯ: ވެލާނާ އެއާޕޯޓު

މި އަހަރު މިހާތަނަށް 333،000 އަށްވުރެއް ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް ވަނީ 333،928 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބު ދައްކާގޮތުން ޖެނުއަރީ މަހު ރާއްޖެއަށް 92،103 ފަތުރުވެރިން އައިސްފައިވާއިރު ފެބްރުއަރީ މަހު ރާއްޖެ އައިސްފައިވަނީ 96،882 ފަތުރުވެރިންނެވެ. އަދި މާޗް މަހު 109،585 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ރައްޖެއަށް 35،358 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.

މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ 23 އިންސައްތައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ރަޝިއާއިން އައިސްފައިވަނީ 21 އިންސައްތަ ފަތުރުވެރިންނެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ޔޫކްރެއިނުންނެވެ.